ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ދެކޮޅު ހައްދަވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ރައީސް ޔާމީން ބޭނުންފުޅުވެގެން ކޮވިޑް ވެކްސިން ޖެއްސެވުމަށް މިރޭ މާލެ ގެނެވުނު ކަމަށެވެ. ނަމަވެސް މާލެ ގެނައި ފަހުން ވެކްސިން ޖެއްސެވުމަށް ރައީސް ޔާމިން އިންކާރު ކުރެއްވުމާއި ގުޅިގެން މިރޭ އެމަނިކުފާނު އަނބުރާ މާފުށްޓަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ.

ރައީސް ޔާމިން ކޮވިޑް ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވީ ކިހިނެއް ވެގެން ކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް ރައީސް ޔާމިން ކޮވިޑް ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްްދަވައިފައިވަނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.



ރަމަޝާން މަހަށް ރައީސް ޔާމިން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަބަލުންނާއި އިދިކޮޅު ޕީޕިއެމް ކޯލިޝަނުން ވެސް ވަނީ އެދިފައެވެ. އެހެން ނަމަވެސް އެކަމާ މެދު ސަރުކާރުން އަދި ވަކިގޮތެއް ނުނިއްމައެވެ. މިކަމާ ގުޅިގެން ރައީސް ޔާމިންގެ ގާނޫނީ ވަކީލުން ޓީމުގެ އަދި ބަހެއް ލިބޭގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން