ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބުދު ﷲ ޚަލީލް
ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބުދު ﷲ ޚަލީލް
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާތަކުގެ ހަ ފޮއްޓެއް ގުނައިދޭން އެމްޑީޕީން އެދުނު ނަމަވެސް މަގުބޫލް އުޒުރެއް ނެތި އެއްވެސް ވޯޓް ފޮށްޓެއް ކަނޑައިގެން ނުގުނޭނެ ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕިއެމްގެ ސެކްޓަރީ ޖެނެރަލް ޑރ. އަބުދުﷲ ޚަލީލް ވިދާޅުވީ، މާލޭގެ ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ނުދިނުމުން އެމްޑީޕީގެ އިސް ފަރާތްތަކުގެ ހަމަ ބުއްދި ފިލާފައިވާ ކަމަށެވެ.

"މަގުބޫލް ސަބަބެއް ނެތި އެއްވެސް ދާއިރާއެއްގެ ވޯޓް ފޮށި ކަނޑައިގެން ނުގުނޭނެ" ޑރ.ޚަލީލް ވިދާޅުވިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ހަ ފޮށްޓެއް އަލުން ގުނައިދިނުމަށް މިއަދު ހުށަހަޅާފައި ވަނީ އާދަޔާ ހިލާފަށް ބާތިލް ވޯޓުތައް ގިނަވެފައި ވާތީ ކަމަށެވެ. ޝަކުވާތަކަށް ބެލުމަށްފަހު މިހާތަނަށް މާލޭގެ 6 ދާއިރާއެއްގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

އީސީއަށް ޝަކުވާ ހުށައަޅާފައިވާނީ މެދެ ހެންވޭރު ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޯޅި އުތުރު ދާއިރާއާއި، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ހުޅަނގު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނުމަށް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

މިދާއިރާތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް އެންމެ މަތީގައި އޮތް ކެނޑިޑޭޓާއި ދެވަނައަށް އޮތް އެމްޑީޕީގެ ކެނޑިޑޭޓާއި އޮތް ފަރަގަށްވުރެ ބާތިލް ވޯޓު އެތައް ގުނައެއް އިތުރު ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެހެންކަމުން އަލުން ވޯޓު ގުނައިފިނަމަ ނަތީޖާ އިތުރަށް ކަށަވަރުވާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޙަސަން ލަތީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން