ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހު އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން އިއްޔެ އުމުރުން 23 އަހަރާއި 24 އަހަރާއި 36 އަހަރުގެ 3 ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ.

އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލީ އިންތިހާބާ ގުޅިގެން އިޅެކްޝަންސް ކޮމިޝަނުގެ އިންތިހާބާ ގުޅޭ މައި މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގާ ދިއުމަށް ފަހުއެވެ.

އިންތިހާބާބެހޭ މައިމަރުކަޒު ހުންނަ ބާ ޖަމާލުއްދީން އިމާރާތުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހޯމަދުވަހު ހިނގިއިރު، އެ ސަރަޙައްދުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އިތުރުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ދެޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ހަރަކާތްތެރިވަމުން ގެންދެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން