އަހުމަދު މަސްނޫމް   15 އޭޕްރީލު 2021 - 18:19
ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭނެ ލުއިތައް މިއަދު އިއުލާން ކުރަން މަސައްކަތްކުރަމުންދާކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދޭން އެޗްއީއޯސީން މަސައްކަތް ފަށާފައި މިވަނީ، ރާއްޖޭގައި ކޯވިޑްގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެޗްއީއޯސީއިން ބުނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒަށްފަހު ދަތުރުކުރުމުގައި ދޭނެ ލުއިތައް މިއަދު އިއުލާނުކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެޗްއީއޯސީން ހާމަކުރާ ގޮތުގައި ވެކްސިނަށްފަހު ދޭނެ ލުއިތައް މިއަދުގެ ވަގުތެއްގައި އިއުލާނުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭނެ ލުއިތައް މިއަދު އިއުލާން ކުރަން މަސައްކަތްކުރަމުންދާއިރު، ކޮވިޑްގެ ދެ ޑޯޒަށްފަހު ލުއިތަކެއް ދޭނެކަމަށް ހެލްތު މިނިސްޓަރވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކަރަންޓީންނުވެ ރަށްރަށަށް ދިއުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާސްކު އެޅުމާއި، ގައިދުރުކުރުމާއި، ވަކިވަރަކަށް ވުރެ ގިނައިން މީހުން އެއްވެ ނޫޅުން، ހިމެނެއެވެ. މީގެއިތުރުން މާލެއިން ރަށްރަށަށް ދިއުމުގައި ވެސް ހަރުކަށި އުސޫލު ތަކަކަށް އަންނަނީ އަމަލު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން