ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެހެންކަމުން މިވަގުތު ހުންނެވީ އައިސޮލޭޝަންގައިކަމަށެވެ. އަދި މިއަދު އޮތް ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީވެސް އޮންލައިންކޮށްކަމަށް ހަމީދު ވިދާޅުވިއެވެ.



ސީޕީ ހަމީދު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކޮން ދުވަހަކުކަމެއް ނޭނގެއެވެ. ނަމަވެސް މިމަހުގެ 8 ވަނަ ދުވަހު ސީޕީ ވަނީ ކޯވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖައްސަވާފައެވެ. އެހެންކަމުން ސީޕީ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭގެފަހުންކަން ޔަގީންވެއެވެ.



ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު, ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޝަމާލްވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ކޯވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައެވެ.

ވެކްސިންގެ ދެ ޑޯޒް ހަމަ ކުރި ނަމަވެސް ވެކްސިންގެ ފުރިހަމަ ދިފާޢީ ބާރު ލިބެނީ ދެވަނަ ޑޯޒް ޖަހާތާ ދެހަފުތާއަށް ފަހުގައި ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން