މާލެ ސިޓީގެ އިންތިޚާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްްޒު މާލޭގެ މަގެއްގެ މަތީގައި ހުރިމައްސަލައެއް ރިޕޯޓް ކުރުމުން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި މާލޭގެ ސޯސަން މަގުގެ ޕޭމަންޓް ބަންދުވެ ނުހިނގޭ ގޮތަށް ޕޯސްޓަރެއް ވެއްޓިފައި އޮތް މަންޒަރު ހިމެނޭ ފޮޓޯއެއް ހިއްސާ ކުރައްވައި އެކަން މާލޭ ސިޓީކައުންސިލްގެ ސަމާލު ކަމަށް ވަނީ ގެންނަވާފައެވެ.

https://twitter.com/MMuizzu/status/1382629700409823238?s=20

މުއިއްޒުގެ ޓްވީޓަށް މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޓްވީޓާ އެކައުންޓުން ވަނީ ޖަވާބުދީފައެވެ. އެ ޓްވީޓްގައި ބުނެފައިވަނީ ވީ އެންމެ އަވަހަކަށް އެކަމަށް އެޓެންޑް ވާނެ ކަމަށެވެ.

ހަތް އަހަރު ވަންދެން ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު މާލޭގެ މަގުމަތި ވަރަށް ބޮޑަށް ބަލަހައްޓާފައިވާކަން ފާހަގަކުރެވެއެވެ. މި ގޮތުން މާލޭގެ މަގުމަތި ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން މި ގޮތަށް ދިމާވާ މައްސަލަތައް ހައްލު ކުރަން އެކި އިންތިޒާމުތައް އޭރު ވަނީ ހަމަޖައްސާފައެވެ. މާލެ ފަޅުތެރެ ވެސް ވަރަށް ބޮޑަށް ސާފުކޮށް، ސިޓީ ކައުންސިލުން ދެކުނު ހުޅަނގު ބަނދަރު ކައިރިއަށް ޖަމާކުރި ކުނިގޮނޑު ވެސް ނެގީ މުއިއްޒުގެ ވަޒީރު ކަމުގައެވެ.

މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިޚާބު ވެވަޑައިގެންފައިވަނީ ވޯޓް ލީ މީހުންގެ 60 އިންސައްތައަށް ވުރެ ގިނަ ވޯޓް ހޯއްދަވައިގެންނެވެ. މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމަށް މާލެ ސިޓީގެ 14 ގޮނޑިއެއް ލިބިފައިވާއިރު މިއީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމަށް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން