މާލޭގެ ވެކްސިން ކިޔޫއެއް
މާލޭގެ ވެކްސިން ކިޔޫއެއް
މާލޭ ސަރަޙައްދުގައި ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ތަރުޙީބު ބޮޑުވެ ވެކްސިންދޭ ގަޑި އެޗްޕީއޭއިން އިތުރުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 21:00 ން 23:45 އަށް ވެކްސިނޭޝަން ސެންޓަރުތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. މީގެ ކުރިން އެޗްޕީއޭ އިން ބުނެފައިވަނީ ރަމަޟާންމަހު ވެކްސިން ޖަހައިދެނީ ރޭގަނޑު 21:00 އިން 23:00 އަށް ކަމަށެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާރޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނަހިޔާ ހޮސްޕިޓަލުގައެވެ. އަދި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ރޭގަނޑު 20:30 ން 23:00 އަށެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާއިރު ވެކްސިން ކާރޑް ގެންދިއުމަށާއި، ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމުގެ އިތުރުން، ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުމަށް އެޗްޕީއޭ އިން އެދިލައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން