ވެކްސިން ޖެހުން ކުރިއަށްދަނީ
ވެކްސިން ޖެހުން ކުރިއަށްދަނީ
މިހާތަނަށް ރާއްޖޭގައި 28،970 މީހަކު ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މާލެ ސަރަހައްދުން އިއްޔެ 127 މީހަކު ވަނީ ވެކްސިންގެ ފުރަތަަމަ ޑޯޒު ޖަހާފައެވެ. އަދި އަތޮޅު ތެރެއިން 995 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު 2،421 މީހެއް ޖަހާފައިވާއިރު އަތޮޅު ތެރެއިން 1،180 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިފައެވެ.

އެއާއެކު މުޅި ރާއްޖެއިން ޖުމްލަ 274،782 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 28،970 މީހެކެވެ.



ފެބްރުއައީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ދެމުން އަންނައިރު، ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާފައިވަނީ މިމަހުއެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާއިރު ވެކްސިން ކާރޑް ގެންދިއުމަށާއި، ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމުގެ އިތުރުން، ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުމަށް އެޗްޕީއޭ އިން އެދިލައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން