ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
އަލްމަރުޙޫމާ އައިމިނަތު އާދަމް އަކީ، އިސްލާހަށް ލޯބި ކުރައްވާ ހެޔޮ ނަސޭހަތުގެ ބޭކަނބަލެއް، ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގައި ރޭ ނިޔާވި އައިމިނަތު އާދަމް އާ ބެހޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އައިމިނަތު އާދަމް އަކީ އިސްލާހަށް ލޯބި ކުރައްވާ ހެޔޮ ނަސޭހަތުގެ ބޭކަނބަލެއް ކަމަށެވެ. އަދި މާތް ﷲ އެ މަރުހޫމާއަށް ސުވަރުގެ މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ރައީސް ނަޝީދުގެ ޓްވީޓުގައި ދުޢާ ކުރައްވާފައިވެއެވެ.

"ކޮވިޑް ރޯގާގައި ރާއްޖެއިން ފުރަތަމަ ނިޔާވި އައިމިނަތު އާދަމް އަކީ، މަރޮށި ހުސެއިން ކަތީބުގެ ލޮބުވެތި އަނބިކަނބަލުން. އާމިނަތު އާދަމް އަކީ އިސްލާހަށް ލޯބި ކުރައްވާ ހެޔޮ ނަސޭހަތުގެ ބޭކަނބަލެއް، މާތް ﷲ މަރުހޫމާއަށް ސުވަރުގެ މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން." ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނިޔާވީ، އިއްޔެ އިރުއޮއްސި 7:10 ގައި ކަމަށެވެ.

މިނިސްޓަރ އަމީން ރޭ ވިދާޅުވީ އާމިނަތު އާދަމް އަކީ ކޭސް ނަންބަރު 126އާ ގުޅުންހުރި މީހެއް ކަމަށާއި މަރުވި މީހާ ބައްޔަށް ޕޮޒިޓިވް ވުމުގެ ކުރިން އެ އާއިލާގެ އެހެން ބަޔަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މަރުވި މީހާގެ ސާމްޕަލް ނެގުނީ މިމަހުގެ 27 ވަނަ ދުވަހުގެ ދަންވަރު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އާމިނަތު އާދަމް ނިޔާވެފައި ވަނީ، އިއްޔެ އިރު އޮއްސުނު ވަގުތު ނޭވާލާން އުނދަގޫވެގެން ކަމަށާއި، އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން