ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް.
ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިނުގެ ދެޑޯޒު ޖަހައިގެން ކަރަންޓީނުނުވެ ރަށްރަށަށް ދަތުރު ކުރެވޭގެ މަގު ވަރަށް އަވަހަށް ފަހި ކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ދުވަހުގެ ހަނދާންތައް އައު ކުރަށްވައި ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ހުސްވި އަހަރުގެ މިދުވަހަކީ ރާއްޖެއިން ކޯވިޑްގެ ބަލީމީހަކު ފެނިގެން މާލެ ސަރައްހަދު ލޮކްޑައުން ކުރަން ޖެހުނު ދުވަސްކަން ފާހަގަ ކުރަށްވާފައެވެ. މީގެއިތުރުން ރައީސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނުގެ ދެޑޯޒު ޖަހައި ދެހަފްތާ ފުރިހަމަކޮށް ކަރަންޓީނުނުވެ ދަތުރު ކުރެވޭނެމަގު ވަރަށް އަވަހަށް ފަހިކޮށްދޭނެކަން އުފަލާއެކު އިޢުލާން ކުރަށްވާފައެވެ.



ވެލްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެހަފުތާފަހުން ކޮރަންޓީން ނުވެ ރަށްރަށަށް ދެވޭގޮތަށް ހަމަޖައްސައި އެކަން ވަރަށް އަވަހަށް އިޢުލާން ކުރަށްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައި ވާއިރު އެޗްއީއޯސީން މިއަދު ވަނީ ކޯވިޑް ވެކްސިން ޖެހުމުން ލިބޭ ލުއިތައް ކަނޑައަޅައި ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން