ފ.ނިލަންދޫ
ފ.ނިލަންދޫ
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ކަރަންޓީނުވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ހާލަތްތައް ބަޔާންކޮށް އެކަމާބެހޭ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފަައިވަނީ ދެ ޑޯޒް ޖެހުމުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ އުސޫލަށް އަމަލު ކުރާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެޗްޕީއޭގެ އެންގުމުގައި ބުނެފައިވަނީ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޑޯޒް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އެފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އަމަލު ކުރާނެ ގޮތްތައްވެސް އެޗްޕީއޭއިން މިރޭ ނެރުނު އެންގުމުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންނަމަވެސް ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަން ޖެހެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކާއި، ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް އަދި ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ރެސިޑެންޝަލް ކެއާގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތަކެވެ.

އެޗްޕީއޭ އިން ބުނީ މި އެންގުމަށް އަމަލުކުރަން ފެށުމާއެކު، ރަށެއްގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށް، އެޗްޕީއޭއިން އާންމު ކުރަމުން ގެންދާނެ ކަމަށެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ވަރަށް ގިނަ ބަޔަކު މިރެއާއި ހަމަޔަށް ވަނީ ޖަހާފައެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާގޮތުގައި 28،950 މީހަކު މިހާތަނަށް ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފަ އެވެ.



ކަރަންޓީނާ ނުލައި ހަމައެކަނި ހާއްސަ ހުއްދައިގެ ދަށުން ވަކި މުއްދަތަކަށް މާލެ އިން ރަށްރަށައް ދިއުމުގެ ހުއްދަ ބައެއް ފަރާތްތަކަށް ސަރުކާރުން ދީފައިވެއެވެ. އާންމު އުސޫލުން މާލެއިން ރަށްރަށައްދާ މީހުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުން މީގެ ކުރިން ވަނީ ލާޒިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން