ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި އަންހެނަކު މިއަދު 11:12 ގައި ނިޔާވެފައިވާ ކަމަށެވެ.

އެ އަންހެންމީހާއެކު ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 68 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން 25939 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން