ގއ. ކަނޑުހުޅުދޫ
ގއ. ކަނޑުހުޅުދޫ
ގދ. ކަނޑުހުޅުދޫގައި ވަޅަކަށް ވެއްޓި 4 އަހަރުގެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެކުއްޖާ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ކުއްޖާ ވެއްޓިފައިވަނީ އެ ކުއްޖާ ދިރިއުޅޭ ގޭގައި ހުުރި ފެންވަޅަކަށެވެ. ކުއްޖާ ވަޅަށް ވެއްޓިފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިއަދު 11:00 ހާއިރު ކަމަށް ވެސް އެނގިފައިވެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން