ދެން ހިއްކަން ފަށާނީ ގިރާވަރު ފަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމިފައިވާކަން ރަސްމީކޮށް އިއުލާން ކުރައްވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ކުރިން ހުޅުމާލެ 3 ވަނަ ފިޔަވަހި އޮތް ގޮތުގެ ފޮޓޯ އަކާއި މިހާރު އޮތް ގޮތުގެ ފޮޓޯއެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުން ކާމިޔާބުކަމާއެކު އެ ނިންމާލެވުނީ ކަމަށާއި ކުރިއަށް ދެން އޮތީ ގިރާވަރު ފަޅު ބިން ހިއްކާ ނިންމާލުން ކަމަށެވެ.
ރޭ ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި ޚާއްޞަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑްރެޖަރު އެތަނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
މިދިޔަ ސަރުކާރުން ގިރާވަރުން 5186 ގޯތި ދޫކުރަން ނިންމިނަމަވެސް، ސަރުކާރުން ގިރާވަރުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގިރާވަރުން ދޫކުރެވެނީ 4072 ގޯތި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ބާކީ ހުރި 1114 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހު ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު