ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްގެން ރާއްޖެ އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން މީގެކުރިން އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓަކާއި ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރަންޖެހެއެވެ. ނަމަވެސް އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި އުސޫލުގެ ދަށުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީންވާކަށް ނުޖެހެއެވެ. އަދި ނެގެޓިވް ޕީސީއާރު ޓެސްޓެއްވެސް ހުށަހަޅާކަށް ނުޖެހެއެވެ. ނަމަވެސް މި ލުއިތައް ލިބޭނީ 2 ވަނަ ޑޯޒް ފުރިހަމަކުރިތާ 2 ހަފްތާވެފައިވާ ފަރާތްތަކަށް އެކަންޏެެވެ.

ޓުއަރިޒަމް މިނިސްޓްރީން ވަނީ އެޗްޕީއޭއިން އަލަށް އެކުލަވާލި އުސޫލާއެކު ފަތުރުވެރިންނަށް ރާއްޖެ ޒިޔާރަތްކުރުމަށް ފަސޭޙަތަކެއް ވެގެންދާނެކަން ފާހަގަކޮށްފައެވެ.



އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ރަށްރަށަށް ދަތުރުކުރުމުގައި މި ލުއިތައް ލިބޭނެއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 90 އިންސައްތަ ފްރަންޓްލައިން މުވައްޒަފުން ވަނީ ކޯވިޑްގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން