ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު
ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު
ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއެކު ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު އައިސްފައިވާ ކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދިފައިވާ ކަމަށެވެ. އިންޓަނެޓްގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުނިތަކާއެކު އެކި ގޮތްގޮތުން ކުރެވޭ ކަންކަމުގެ ތެރެއިން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް މިހާރު އައިސްފައިވާ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.



އެގޮތުން މިއަހަރުގެ ރޯދަ މަސް ފެށުމާ ހަމައަށް 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު މިއަދު 5 ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށް އަލީ ސޯލިހް ވަނީ ފާހަގަކުރައްވާފައެވެ.

"މި ދައްކަނީ 1000 ރުފިޔާ އަށް 30 ޖީބީ ލިބެމުންދިޔަ ބަޔަކަށް، މިއަދު އެބަލިބޭ އެއްކަލަ 1000 ރުފިޔާ އަށް 180 ޖީބީ. މާނައަކީ 5 ރުފިޔާ ބަޔަށް ޖީބީއެއް މި ތިރިކުރެވެނީ. ގައުމުތަކާ އަޅާ ކިޔާލަންޖެހޭ، އަޅާކިޔާލާއިރު މިއޮތީ ބޮޑުތަނުން މިއޮތީ ކުރިއެރުން ހޯދިފައި." އިންޓަނެޓްގެ އަގަށް އައިސްފައިވާ ބަދަލުތައް ހިއްސާ ކުރައްވަމުން އަލީ ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ ވައުދާ އެއްގޮތަށް އިންޓަނެޓްގެ އަގުހެއުވެފައިވާ ކަމަށް އަލީ ޞާލިހު ވިދާޅުވެ އިންޓަނެޓް ޕެކޭޖެއްގެ އަގުތަކެއްގެ ވާހަކަ ދައްކާފައިވާއިރު ރާއްޖޭގައި އިންޓަނެޓް ޚިދުމަތްދޭ ދިރާގާ އުރީދޫން އަބަދުވެސް އެކި މުނާސަބަތުތަކާ ދިމާކޮށް އެކި ނަންނަމުގައި ބޮޑެތި ޕެކޭޖުތައް ތަޢާރަފުކުރެއެވެ. ނަމަވެސް އެޕެކޭޖުގެ ފަހަތުގައި އަބަދުވެސް އޮންނަނީ ފޮރުވިފައިވާ ބޮޑު އޮޅުވާލުން ތަކެއްކަން ގިނަ ބަޔަކަށް އެނގެއެވެ. އަދި އެބުނާ މޮޅު ޕެކޭޖްތައް ގަނެގެން ޕެކޭޖް ހުސްވެގެންދާލެއް އަވަސް ކަމާއި އޭގައި ބުނާ ސްޕީޑަށް ޚިދުމަތް ނުލިބުމަކީ އަބަދުވެސް ގިނަ ބައެއްގެ ޝަކުވާއެކެވެ. އިންޓަރނެޓްގެ އަގު ހެއުވިކަމަށް ވިދާޅުވެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް މީހަކު އެފަދަ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކައެއް ދެއްކުމުން ގިނަ ބައަކު އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާ މަލާމާތް ކުރަމުންނެވެ.

އަލީ ސޯލިހް އިތުރަށަ ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު ދެން ހުރި ކަންކަން ވެސް ރަނގަޅުކުރާނެ ކަމަށެވެ. ކޮވިޑް-19 ގެ ހާލަތުގައި ސަބްމެރިން ކޭބަލެއް ގެނެވުނު ހަމައެކަނި ގައުމަކީ ވެސް ރާއްޖެ ކަން ފާހަގަކުރައްވައި އަލީ ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އަގެއް ލިބެން ފަށައި އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ. އަދި އެކަން ކުރަން ރާވާފައި ވަނީވެސް އެމުއްދަތުގައި ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް އަލީ ޞާލިޙަށް ކުއްލިއަކަށް އިންޓަނެޓްގެ އަގު ހެޔޮވޮވިތަން ފެނިވަޑައިގެންނެވުމުން އޭނާއަކީ ބޯހަމަޖެހޭ މީހެއްތޯބުނެ ބައެއް މީހުން މީސްމީޑިއާގައި ސުވާލުއުފައްދާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން