އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ އަށްވަނާގައި ރާއްޖޭގެ އެއްނަންބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ރޭންކްކޮށްފިއެވެ.

ދީމާ ރޭންކު ކޮށްފައި ވަނީ ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބަައިގައެވެ. އުމުރުން އެންމެ 13 އަހަރުގެ ދީމާ އަށްވަނާގައި ރޭންކު ކޮށްފައި ވަނީ 1028 ޕޮއިންޓާއެކު އެވެ. ރޭންކިންގައި ގަދަ 10 އެއްގައި ހިމެނެނީ ދެކުނު އޭޝިޔާގެ ގައުމުތަކަށް ނިސްބަތްވާ ދެ ކުޅުންތެރިންކަން ފާހަަގަކޮށްލެވެއެވެ.

ދީމާގެ ކާމިޔާބަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މަރުހަބާ ވިދާޅުވެފައެވެ.



ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތިން ރަން މެޑަލް ރާއްޖެއަށް ހޯދައިދީ ދީމާވަނީ ރާއްޖެއަށް ތާރިޚީ ފަޚުރުވެރި ކާމިޔާބެއް ހޯދައިދީފައެެވެ. ޓީޓީގެ ގައުމީ މުބާރާތުގެ ސިންގަލްސް ކެޓަގަރީގެ މިދިޔަ އަހަރުގެ ޗެންޕިއަން ކަންވެސް ދީމާ ހޯދިއެވެ. މިއީ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ދީމާހޯދި ދެވަނަ ފަހަރުކަން ފާހަަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން