އަހުމަދު ޝާހް   16 އޭޕްރީލު 2021 - 22:49
ތ. މަޑިފުށި
ތ. މަޑިފުށި
ތ. މަޑިފުއްޓަށް މީހުން އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިހާރު މޮނިޓަރިންގައި އޮތް އެ އަތޮޅު ވޭމަންޑު އަށް ދިޔަ މަޑިފުށީ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ވޭމަންޑޫން މާލެ ގެނައި ދެމީހުން ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ވޭމަންޑޫން ވަނީ 43 މީހުން ޕޮޒިޓިވް ވެފައެވެ. އަދި ކިނބިދޫން 12 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ތ. އަތޮޅުގައި ކޯވިޑާ ގުޅިގެން އެންމެ ފުރަތަމަ މޮނިޓަރިންއަށް ލާފައިވަނީ އެއަތޮޅު ވިލުފުށްޓެވެ. އޭގެ ފަހުން ވޭމަންޑޫ މޮނިޓަރިންއަށް ލާފައިވާއިރު، ތ. ކިނބިދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިން އާއި، ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ވަނީ ފަށައިފައެވެ. މީގެ އިތުރުން ތ. އޮމަދޫ އާއި ތ. ގާދިއްފުށިވެސް ވެސް އޮތީ މޮނިޓަރިންގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގައި 13 ރަށެއް އެބަ އޮތެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އަތޮޅުގެ ދެރަށާއި، ފާދިއްޕޮޅުގެ ހަތަރު ރަށާއި، ކޮޅުމަޑުލު ހަ ރަށާއި، އަރިއަތޮޅު ދެކުނުބުރީ މާމިގިއްޔެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން