އަހުމަދު ޝާހް   17 އޭޕްރީލު 2021 - 4:50
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 4:00 ގައި އައިޖީއެމްއެޗް އިމަރޖެންސީއަށް ގެނައި އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް އެއްވެސް ޙަރަކާތެއް ނެތްކަމަށާއި، އެމީހާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ 4:20 ގައި ކަމަށެވެ.

އެ މީހާއާއެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 69 އަށް އަރާފައެވެ. މިއީ މިއަދު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ.

މިހާތަނަށް ރާއްޖެއިން 26021 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން