މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ދެ މީހަކު ވެގެން އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުންނަށް ރޭ ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލައިގައި ތުހުމަތުގައި އުމުރުން 18 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ރޭޕްކުރީ ކޮން އުމުރެއްގެ މީހަކު ކަމެއް އަދި އެކަން ކުރީ ކޮންތާކު ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ޚާއްޞަ އިސްކަމެއް ދީގެން ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާ މައްސަލަތަކެއް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ކަމާބެހޭ ބައެއް އިދާރާތަކުން ފަހަތުފަޔަށް ބަރުވާކަން އެފަދަ ބައެއް މައްސަލަތަކުގައި ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން