ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފުވައްމުލަކު ލައިބްރަރީއަށް ބޭނުންވާ ފޮތް ހަދިޔާކޮށްފިއެެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ އެކި އުމުރު ފުރާތަކާ ގުޅޭ 400 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފައެވެ. އެގޮތުން އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލުން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައްވެސް ވަނީ ހަދިޔާކޮށްފައެވެ. މި ލައިބްރަރީ މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.





ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބުކުރި ފާތިމަތު ރަޝީދު ވިދާޅުވީ އެ ރަށުގައި 2464 ދަރިވަރުން ދަނީ އެކި ގްރޭޑްތަކުގައި ކިޔަވަމުންކަމަށެވެ. އަދި މީގެ އިތުރުން ރަށުގައި ގާއިމްކުރެވިފައިވާ ކޮލެޖް ކެމްޕަސްގައިވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންކަމަށެވެ. އަދި ރަށުގައި ލައިބްރަރީއެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުގެ ސަބަބުން ގިނަ ކުދިން ކިޔެވުމުގެ މާހައުލުގައި ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، ދެނެގަތުމަށް ފޮތް ކިޔުމުގެ ފުރުސަތު ނުލިބޭކަމަށާއި މިއީ ފޮތް ކިޔުމުގެ ފުރުސަތު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށެވެ.



އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން