އަހުމަދު މަސްނޫމް   17 އޭޕްރީލު 2021 - 19:4
ބ. މާޅޮހުން ކޯވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގއަށްލައިފިއެވެ.

އެޗްޕީއޭއިން މާޅޮސް މޮނިޓަރިންއަށްލާފައިވަނީ އެރަށަށް އައިސްއުޅުނު ދެ ފަތުރުވެރިން ޗުއްޓީ ނިންމާލުމަށްފަހު ފުރަން ދިއުމުގެ 72 ކުރިން ހަދާ ސާމްޕަލް ޓެސްޓުގެ ނަތީޖާ ކޯވިޑްއަށް ޕޮޒިޓިވްވުމުންނެވެ. އަދި އެފަތުރުވެރިންނަކީ އެ ރަށުގައި ހަފްތާއެއްހާ ދުވަސްވަންދެން އުޅުނު ދެ މީހުންކަމަށް މައުލޫމާތު ލިބިއެވެ. މާޅޮހުން ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިންގއާއި ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެކުރިންވެސް ބ. އަތޮޅަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް އެމީހާގެ ފުށުން އެހެން މީހަކަށް އެފަހަރު ބަލި އަރާފައެއްނުވެއެވެ. ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި ބ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ފެސިލީޓީގައި މިހާރުވެސް 3 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ދިފާޢީ ވެކްސިން ދޭން ފެސިފަހުން ދެވަނަ ރާޅާއެކު ސަތޭކައިން މައްޗަށް އަރައިގެން ދިޔަ ޕޮޒިޓިވް ވާ އަދަދުތަކާއި ބަލީގައި މަރުވާ އަދަދުތައް ވަނީ ދަށްކުރެވިފައެވެ. އެގޮތުން ދުވާލަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ސަތޭކައިން ދަށްކުރެވިފައެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ ނިސްބަތްވެސް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. ނަމަވެސް ގިނަ ދުވަސް ތަކަކަށްފަހު އިއްޔެ ވަނީ ކޮވިޑްގައި ދެމީހަކު ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން