ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތަކުގެ ބޮޑު އިންސައްތައެއް އިއުލާންކޮށް ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ބެހެއްޓި ވޯޓް ފޮށިތަކުގެ ތެރެއިން, ލޯކަލް ކައުންސިލްތަކުގެ 91 އިންސައްތަ ފޮށީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ 86 އިންސައްތަ ނަތީޖާ އިއުލާންކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް އިންތިހާބުގެ 90 އިންސައްތަ ވަގުތީ ނަތީޖާ އިއުލާންކުރެވިފައިވާކަމަށާއި، ބާކީ ހުރި ވަގުތީ ނަތީޖާތައް މިރޭ 10:00 ޖަހާއިރު އިއުލާންކުރަން ފަށާނެކަމަށެވެ.



ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 3935 ކެންޑިޑޭޓުން ވާދަކުރިއެވެ. އޭގެތެރެއިން ކައުންސިލްތަކަށް 2،265 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 1670 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާފަދަ ޝަކުވާތަކެއް ހުށައެޅިފައި ނެތް ކަމަށެވެ. ނަމަވެސް ފަހުން ބައެއް ފޮށިތައް ގުނަން އެމްޑީޕީން އެދިފައިވާއިރު މިއީ ނަތީޖާއަށް އަސަރުކޮށްފާނެ ކަމެއް ކަމަށް އެޕާޓީން ބުނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ބޭނުމަށް ބައެއް ފޮށިތަކުގެ ސެކިއުރިޓީ އުރަތަކެއް މިހާރުވެސް ވަނީ ކަނޑާ ބަލާފައި ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން