ފްރަންޓްލައިންގައި މަސައްކަތްކުރާ ނަރުހަކު މީހެއްގެ ސާމްޕަލް ނަގަނީ
ފްރަންޓްލައިންގައި މަސައްކަތްކުރާ ނަރުހަކު މީހެއްގެ ސާމްޕަލް ނަގަނީ
ކޯވިޑް-19 ގެ ރޯގާބަލިމަޑުކަމުގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެލަވަންސް ނުލިބޭކަމުގެ ކަންބޮޑުވުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ފާޅުކޮށްފިއެވެ.

ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަކީ މިވަގުތު ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނެވެ. ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެލަވަންސް ބަހާފައިވަނީ 3 ގިންތިއަށެވެ. އެއީ ހައި ރިސްކް ވޯކަރުންނާއި މީޑިއަމް ރިސްކް ވޯކަރުންނާއި ލޯ ރިސްކް ވޯކަރުންނަށެވެ.

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން އިން މިއަދު ބުނީ، ކޯވިޑް-19 އާ ގުޅިގެން ކޮންޓްރެކްޓް އުސޫލުން އިސްސަފުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް އަދިވެސް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފްރަންޓްލައިން އެލަވަންސް ލިބެމުން ނުދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ދުވާލަކު 6 ގަޑިއިރާއި 10 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި މަސައްކަތް ކުރަމުންދާ ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.



ހައި ރިސްކް ވޯކަރުންގެ ގޮތުގައި ބަލަނީ ބަލި ހުންނަ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އާރްއާރް ޓީމްތަކުގެ މެމްބަރުންނާއި، ލެބް ޓެކްނީޝަނުން އަދި ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

ފްރަންޓްލައިން އެލަވަންސްދެނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ފުރަތަމަ ގިންތީގެ މުވައްޒަފުންނަށް 500 ރުފިޔާގެ މަގުންނެވެ. އަދި ދެވަނަ ގިންތީގެ މުވައްޒަފުންނަށް 250 ރުފިޔާގެ އެލަވަންސް އެއް ދޭއިރު ތިންވަނަ ގިންތީގެ މުވައްޒަފުންނަށް 200 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން