ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އަލްމަރުޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

"ހަވީރު" ނޫހުގެ ޗެއާމަންގެ އިތުރުން ސަރުކާރުގެ އެތައް އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަދި ގައުމީ ޔުނިވަސިޓީ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.

މަރުޙޫމާ ނާއިލާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ރައީސް ޞާލިޙް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ނާއިލާ އިބްރާހީމް ކަލޭފާނަކީ އަންހެން ދަރީންނަށް ތަޢްލީމާއި ތަރުބިއްޔަތު ދެއްވުމުގައި ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭކަނބަލެއް ކަމަށެވެ. އަދި ރައީސް ވަނީ ނާއިލާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުންއެދި ދުޢާ ކުރަށްވާފައެވެ.



ނާއިލާ އަވަހާރަވިއިރު ފިރިކަލުންނާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ. އޭނާގެ ދަރިންގެ ތެރެއިން ލުބުނާ ޒާހިރު ހުސައިން ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރު ކަމާއި ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. ލީނާ ޒާހިރު ހުސައިން ވަނީ މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ. ވާއިލް ޒާހިރު ހުސައިން މަސައްކަތް ކުރައްވަނީ އަމިއްލަ ވިޔަފާރީގައެވެ.

ނާއިލާގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން