މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން 5 ދުވަސް ދީފިއެވެ.

މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި މި 2 މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުކުރުދުވަހުގެރޭގައެވެ. އެމައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ތިބީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓަށް ގެންދިއުމުން 5 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ރޭޕްކުރީ ކޮން އުމުރެއްގެ މީހަކު ކަމެއް އަދި އެކަން ކުރީ ކޮންތާކު ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ޚާއްޞަ އިސްކަމެއް ދީގެން ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާ މައްސަލަތަކެއް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ކަމާބެހޭ ބައެއް އިދާރާތަކުން ފަހަތުފަޔަށް ބަރުވާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން