ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ މައްސަލަ އިއްޔެ ހެނދުނު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ އެކުންފުނީގެ އޮފީސް ފަޅާލި މައްސަލައިގައި މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުުހުން ބުނެ އެވެ. އޮފީސް ފަޅާލިކަން އެނގުނީ މުވައްޒަފުން އިއްޔެ އޮފީހަށް ދިއުމުން ކަމަށް އެނގިފައިވެއެވެ. އޮފީސް ފަޅާލައި ފައިސާތަކެއް ވަގަށް ގެންދިޔަ ނަމަވެސް އޮފީހުގެ އެއްވެސް ތަނަކަށް އަދި ދޮރުފަތަކަށްވެސް ބޮޑު ގެއްލުމެއް ދީފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރޯދަ މަހު އާއްމުކޮށް ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެއެވެ. އެހެން ރޯދަ މަސްތަކެކޭ އެއްގޮތަށް މި ރޯދަ މަހުވެސް ފުލުހުން ވަނީ މަގުމަތި ޕެޓްރޯލް ކުރާ މިންވަރު އިތުރުކޮށްފައެވެ. އަދި ގެދޮރާއި މުދަލަށް ސަމާލުވެ އަބަދުވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން