އަހުމަދު މަސްނޫމް   18 އޭޕްރީލު 2021 - 19:2
ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި، ޑޮކްޓަރުން ކުރައްވާ މަސައްކަތް ފާހަގަކުރަށްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޑޮކްޓަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ،

މިއަދު ފާހަގަކުރަމުންދާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި މިދިޔަ އަހަރެއްހާ ދުވަހު ޑޮކްޓަރުން އަދާކުރެއްވި ދައުރު ފާހަގަ ކުރަށްވައި އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ޑޮކްޓަރުން އަދާކުރަމުންދާ ދައުރު ފާހަގަ ކުރަށްވައި ޝުކުރު އަދާކުރައްވާފައި ވެއެވެ.



ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި އޭޕްރީލްމަހުގެ 18 ވަނަ ދުވަސް ފާހަގަކުރަމުންދާއިރު، މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހި ޑޮކްޓަރުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެބޭފުޅުންގެ މަސައްކަތް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 600 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން އަންނަނީ ޚިދުމަތް ކުރައްވަމުންނެވެ. ކޮވިޑްގެ ރޯގާބަލިމަޑުކަމުގައި ރާއްޖޭގެ ވަރަށް ގިނަ ޑޮކްޓަރުން އެންމެ ކުރީ ސަފަށް ނުކުމެ ވަޑައިގެން މަސައްކަތް ކުރަށްވައި ކޮވިޑްގެ ބިރުވެރިކަމުގައި ވެސް ވަރަށް ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ދިވެހި ގިނަ ރައްޔިތުން ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން