ރާއްޖެއަށް އެތެރެކުރަން އުޅުނު 4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސުން ބުނީ ރާއްޖެ އެތެރެކުރުން އުޅުނު 4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެކަމަށެވެ. އަދި އެތަކެތި ފެނިފައިވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކަކުން ކަމަށްވެސް ކަސްޓަމުން ބުނެއެވެ.



ކަސްޓަމުން ބުނީ އޭގެތެރެއިން ނައިޖީރިޔާއިންއައި ޕާރުސަލުގައި ކިލޯއަކަށް ވުރެ ގިނަ ކޮކެއިން ހުރިއިރު، ޖަމައިކާއިންއައި ޕާރުސަލުގައި ބައިކިލޯ ކޮކެއިން ހުރިކަމަށެވެ. އަދި އެތަކެތިީގެ އަގު 4374000 ރުފިޔާއަށް އަރާކަމަށް ކަސްޓަމުން މައުލޫމާތު ދީފައި ވެއެވެ.

ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުން މިކަމާބެހޭ ގޮތުން ވަކި އެއްޗެކޭ އަދި ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން