ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އަލްމަރުޙޫމާ އާމިނަތު އާދަމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި، ކޯވިޑް-19 ގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އަލްމަރުޙޫމާ އާމިނަތު އާދަމްގެ އާއިލާއަށް ވަރަށް އިހްލާސްތެރި ކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މާތް الله މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެެއްވުމަށް އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
އަލްމަރުޙޫމާ އައިމިނަތު އާދަމް ނިޔާވެފައިވަނީ، ނޭވާލުމަށް އުނދަގޫވެގެން ބުދަ ދުވަހު ހަވީރު އައިޖީއެމްއެޗަށް ގެންދިއުމަށް މަސައްކަތް ކުރަނިކޮށްކަމަށް ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.
ޢުމުރުން 83 އަހަރުގެ އާމިނަތު އާދަމް އަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކޭސް 126 އާ ގުޅުންހުރި ކަމަށް ބެލެވިގެން މިމަހުގެ 27 ވަނަ ދުވަހުގެ ފަތިހު ސާމްޕަލް ނަގާފައިވާ މީހެކެވެ. ނިޔާވުމާ ހަމައަށް އާމިނަތު އާދަމް ދިރިއުޅުއްވަމުން ގެންދެވީ މޮނީޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ ގެއެއްގައި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އައިމިނަތުގެ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ދިވެހި ސިފައިންގެ އަންހެން ބޭކަނބަލުން ކަމަށާއި، ސަންދޯއް އުފުލާފައިވަނީ ދިވެހި ފިރިހެން ސިފައިން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.
މިއަދާ ހަމައަށް ރާއްޖޭގައި ޖުމްލަ 396 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު