ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 70 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ އިއްޔެ ހެނދުނު އޭޑީކޭ ހޮސްޕިޓަލްގެ އިމަރޖެންސީއަށް ގެނައި އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށާއި، އެމީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް އެއްވެސް ޙަރަކާތެއް ނެތްކަމަށެވެ. އަދި އެމީހާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ 9:22 ގައި ކަމަށާއި، އެމަރަކީ ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއާއެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 70 އަށް އަރާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޕީއޭއިން ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ އިއްޔެ ނިޔާވި ހެންވޭރު ނީލްވިލާ ނާއިލާ އިބްރާހިމް ކަލޭފާނުގެ މަރެވެ.

މިހާތަނަށް ރާއްޖެއިން 26348 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑްގެ ދިފާޢީ ވެކްސިން ކެމްޕޭނަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު ބަލިޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު މަދުވެފައި ވީނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަކަށް އަދި ނުބެލެވެއެވެ. މީގެއިތުރުން މިހާރު ދެމުންދާ ލުއިތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ލަފާކުރެވިފައިވާއިރު އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން