ކ-ވ ޑރ.އިޔާޒާއި ރައީސް، މުހަންމަދު ނަޝީދު
ކ-ވ ޑރ.އިޔާޒާއި ރައީސް، މުހަންމަދު ނަޝީދު
24 ގަޑިއިރު ހަމައިގައި ނުހުންނަ މީހަކަށް ބޮޑުވަޒީރުކަން ދީގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުގެ މަގާމު ބޭނުންފުޅު ކަމަށް ވިދާޅުވެ ރައީސް ނަޝީދު، ރައީސް ސޯލިހަށް ހުށައެޅުއްވި ކަމަށް ބުނާ ހަބަރަށް އިޝާރަތް ކުރަށްވަމުންނެވެ.

ޑރ. އިޔާޒް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަކީ އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ބަހައްޓަން ހެޔޮވާވަރުގެ ބޭފުޅެއްވެސް ނޫން ކަމަށެވެ. އިޔާޒް ވިދާޅުވީ، ކޮންމެ މީހަކު ވެސް ކުރިމަތިލާންޖެހޭނީ އެމީހަކަށް ކުރެވޭ ވަރުގެ ކަަމަކާއި ކަމަށާއި، ތިމާ ބޭނުންވާހާ ގޮތެެއް އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެ ކަމަށެވެ. ރައީސް ނަޝީދާއި އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތް ޖަހައި މުޒާހަރާކުރުން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

“އޭނާއަކީ ދިވެހިންގެ އަގީދާ ފުނޑުފުނޑު ކޮށްލަން އުޅޭ ބޭރުގެ އެޖެންޓެއް، އޭނާއާއިމެދު ސަމާލުވާންޖެހޭ.” ހޯމް މިނިސްޓަރ އިމްރާން ރައީސް ނަޝީދަށް ނިސްބަތް ކުރަށްވައި މީގެ ކުރިން ވިދާޅުވެފައިވާ ބަސްފުޅެއް ތަކުރާރު ކުރަށްވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖެއްގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންވާކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން