ހިޔާ މަޝްރޫގެ ފަންނީ ކެޓެގަރީން ލިބޭ ފްލެޓްތަކުގެ ބަދަލުގައި ސަރުކާރުގެ ކުރިއަށް އޮތް މަޝްރޫއަކުން އެއަށްވުރެ ފެންވަރު ރަނގަޅު، އަގުބޮޑު ފްލެޓަށް އެދުމަށް ޕްލޭނިން މިނިސްޓްރީން ހުޅުވައިލި ފުރުސަތުގެ މުއްދަތު އިތުރުކުރުމަށް ނިއްމައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިހާރު ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ކުރިއަށް ދާތީ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވެސް ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ފަންނީ ކެޓެގަރީގެ ފަރާތްތަކަށް ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގެ ބަދަލުގައި އެހެން ފްލެޓް ހޯދުމުގެ މުއްދަތު އިތުރު ކޮށްފައި ވަނީ ގިނަ ފަރާތްތަކުން އެގޮތަށް އެދެމުން ދާތީ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ސަރުކާރުގެ ކުރިއަށް ހުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ފްލެޓް ލިބެން އޮތީ އެޗްޑީސީން ތަރައްގީ ކުރަމުން އަންނަ "ވިނަރެސް" ފްލެޓްތަކުން ކަމަށެވެ. 1344 ހައުސިން ޔުނިޓްގެ މި މަޝްރޫއުގެ ދަށުން އެ ފްލެޓްތައް ކުޑަ އަގެއްގައި ލިބޭނެ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. ފަންނީ ކެޓެގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގައި ހިމެނޭ ފަރާތްތަކެވެ.



ޕްލޭނިން މިނިސްޓްރީން ހާމަކުރިގޮތުގައި ސަރުކާރުގެ އާ މަޝްރޫއުން ދޫކުރާ ފްލެޓްތައް ވެގެންދާނީ ތަނުގެ ފެންވަރާއި އެއްހަމައެއްގައި ފްލެޓްތަކުގެ އަގު ހިފެހެއްޓިފައިވާ ފްލެޓްތަކަކަށެވެ. އަދި އެ ފްލެޓްތައް ވެގެންދާނީ ޖާގައިގެ ގޮތުން ތަނަވަސް، ތިން ކޮޓަރީގެ ފްލެޓްތަކަކަށް ކަން މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން