ކ-ވ ރައީސް ނަޝީދު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ޢަބުދު ﷲ ދީދީ އާއި ބައްދަލުކުރައްވަނީ
ކ-ވ ރައީސް ނަޝީދު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ޢަބުދު ﷲ ދީދީ އާއި ބައްދަލުކުރައްވަނީ
ވަކި ނިޒާމެއްގެ ދަށުން އިންތިހާބު ވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުން ކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު އޮތް ސަރުކާރު އުވާލާ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައެވެ. އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބުދުﷲ ދީދީ ވިދާޅުވީ ބޮޑުވަޒީރު ކަމަށް ޝައުގުވެރި ވިޔަސް ދެކަމެއް ފުރިހަމަވެގެން ނޫނީ އެކަން ހާސިލް ނުވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ ދުސްތޫރީ ހަމަތަކުގެ މަތިން ބަރުލަމާނީ ނިޒާމެއް ގާއިމުކުރުން ކަމަށާއި، ދެވަނަ ކަމަކީ އަލަށް އުފެދޭ ބަރުލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިހާބުކުރާ މަޖިލީހުގެ 50 އިންސައްތަ މެޖޯރިޓީ ލިބޭ ޕާޓީ ނުވަތަ ކޯލިޝަނެއްގެ ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު މަޖިލީހަށް އިންތިހާބުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޑރ. އަބުދު ﷲ ދީދީ ވިދާޅުވިއެެވެ.

"މިނޫން ގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިހާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުސޫލުތަކާއި ހުދޫދު ފަހަނައަޅައި ދިއުން. ރައްޔިތުން އެކަމަކަށް ޖާގައެއް ނުދޭނެ،" ރައީސް ނަޝީދު ވެރިކަމުގެ ނިޒާމް ފޮރުޅާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރަތް ކުރައްވަމުން ދީދީ ވިދާޅުވިއެެވެ.

ރައީސް ނަޝީދު ވަނީ ސަރުކާރު އުވާލައި، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށް ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް ހަމަޖެއްސުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން