ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަގާމުން ދުރުކޮށް، އައު އިންތިހާބެއް ބާއްވަންޖެހޭކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކޮށް، ރާއްޖޭގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް ސާލީހަށް ދަންނަވާފައިވާ މައްސަލައިގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެކަމާއި މެދު ހިނގަމުންދާ ބަހުސްގައި ބައިވެރިވެ ވަޑައިގެން ޖަމީލުގެ ޚިޔާލު ހިއްސާކުރަށްވަމުންނެވެ.

ޑރ. ޖަމީލު ވިދާޅުވީ، ‏ވަކި މީހަކު ބޮޑުވަޒީރުކަން ނުވަތަ ރަސްކަންކުރަން ޖާގައެއް ނެތްކަމަށެވެ. އަދި ރައްޔިތުން ނިންމި ނިޒާމްގައި ވެރިކަންކުރަން ލިބުނު 2 ފުރުޞަތުގައި އެމްޑީޕީ ފެއިލްވެއްޖެކަމަށް ޖަމީލު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޞާލިޙު އިސްތިއުފާދެއްވުމަށްފަހު ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިންތިޚާބެއް ބާއްވަންވެއްޖެކަން ސަރުކާރާއި ރައީސް ނަޝީދުގެ ޢަމަލުން ކަށަވަރުވެއްޖެކަމަށް ޖަމީލު ވިދާޅުވިއެވެ.



ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ހުށަޙަޅުއްވާފައިވާއިރު، ރައީސް ނަޝީދު މިގޮތަށް ހުށައެޅުއްވީ ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައެވެ. މިކަން ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ "ރަސް އޮންލައިން" އަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި މިއީ ޞައްޙަ މެސެޖެއްތޯ ބެލުމަށް ރައީސް ނަޝީދަށް މެސެޖްކޮށް ސުވާލު ދެންނެވުމުން އަދި ޖަވާބެއް ނުދެއްވައެވެ.

ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމުގައި ރައީސާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ. ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ރައީސް ނަޝީދު ވަނީ އެ މެސެޖް ފޮނުއްވާފައެވެ.

ރައީސް ނަޝީދުގެ މި ހުށައެޅުއްވުމާ ބެހޭގޮތުން "ރަސްއޮންލައިން" އާއި ވާހަކަ ދެއްކެވި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ނިޒާމު ބަދަލުކުރުމަކީ ރައީސަށް ކުރެއްވޭނެ ކަމެއް ނޫންކަމަށާއި އެއީ ރައްޔިތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން