ދިވެހިރާއްޖެއަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި ވެރިންކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.



އުގައިލް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ އިރުއިރުކޮޅާ ބަދަލުކުރަން އޮންނަ އެއްޗެއް ނޫންކަމަށް ވިދާޅުވެ ރައީސް މައުމޫން ކުރެއްވި ޓްވީޓަށް ތާއީދުކުރައްވަމުންނެވެ.

ރައީސް މައުމޫންގެ ޓްވީޓަށް އިޝާރާތްކުރައްވައި އުގައިލް ވިދާޅުވީ، މައުމޫން އެ ވިދާޅުވަނީ ވަރަށް ބޮޑު ތެދުފުޅެއްކަމަށެވެ. އަދި ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި ވެރިންކަމަށްވެސް އުގައިލް ވިދާޅުވިއެވެ.



ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ބޮޑު ބަހުސެއް އުފެދިގެން މިއުޅެނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ރައީސް ޞާލިޙަށް ހުށައެޅުއްވުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ 2023ގެ ރިޔާސީ އިންތިޚާބު ނުބާއްވައި 2024 ގައި ބާއްވާ އާންމު އިންތިޚާބަކީ ބަރުލަމާނީ ނިޒާމުގެ ދަށުން ބޭއްވޭ އިންތިޚާބަކަށް ހެއްދެވުމަށެވެ. އަދި މިހާރުން މިހާރަށް ގައުމުގެ ހިންގުން ރައްޔިތުންގެ މަޖިލީހުގެ ދަށަށް ބަދަލުކޮށް ބަރުލަމާނީ ނިޒާމުން ގައުމު ހިންގައި ރައީސް ނަޝީދަކީ ބޮޑުވަޒީރުގެ ގޮތުގައި ކަނޑައެޅުމަށް ވެސް އެމަނިކުފާނު ވަނީ ރައީސް ޞާލިޙަށް ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން