ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން މިހާރު ދައްކަމުންދާ ވާހަކަތަކަކީ އެމްޑީޕީއާއި ސަރުކާރުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ކުރަމުންދާކަމެއްކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެނައުމަށް ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅާ ރައީސް ސާލިހު ދެކޮޅުކަމަށް ބުނާ ވާހަކަތަކާއި ގުޅިގެނެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމާ ރައީސް ޞާލިހް ދެކޮޅުކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ރައީސް ޞާލިހާއި ރައީސް ނަޝީދާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ. އަދި މިކަމުގައި ޓިއުޝަން ދެނީ ނުވަތަ ހަދަންވީ ގޮތް ކިޔައިދެނީ ފޮރިން މިނިސްޓަރު ވެރިރަށަށް ހާޒިރުކޮށްގެންކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ވެރިރަށަށް ހާޒިރުކޮށްގެންކަމަށް ސައީދު އެ ވިދާޅުވާ ވާހަކައަކީ ދާދިފަހުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރަށްވައި ކަމަށް ބެލެވެއެވެ.

ސައީދު ވިދާޅުވީ އޭނާގެ އެވާހަކަތައް ސަރުކާރަށް ދޮގު ނުކުރެވޭނެ ކަމަށެވެ.



ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސް ނަޝީދު، ރައީސް ސާލިހަށް ދެންނެވުމުން އެމަނިކުފާނު ވަނީ އެއީ ރައްޔިތުންގެ ވޯޓަކުން ނިންމަންޖެހޭކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެއީ ރައްޔިތުންގެ ވޯޓަކުން ނިންމަންޖެހޭކަމެއްކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކަތައް ދެކެވެން ފަށާފައިވާއިރު، ރައީސް ނަޝީދު ފިޔަވައި ރާއްޖޭގެ ސިޔާސި އެއްވެސް ލީޑަރަކު އެކަމަށް ތާއިދު ކުރަށްވާ ކަމަކަށް ފާހަގައެއް ނުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން