ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (މ).
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (މ).
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޯވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.

ރައީސް ޔާމީން ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ މިރޭ އިރާކޮޅު އޭޑީކޭ ހޮސްޕިޓަލްގަ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ޖައްސަވާފައިވަނީ ފައިޒާ ވެކްސިނެވެ.

މީގެ ކުރިން ވެކްސިން ޖެހުމަށް ރައީސް ޔާމީން މާލެ ގެނައުމުން ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައިވާކަމަށް ކަރެކްޝަންސް ސަރވިސް އިން ވަނީ ބުނެފައެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން