ޖިންސީ ފުރައްސާރަ އިތުރުވަނީ ކުށްވެރިންނަށް އަދަބު ނުލިބޭތީ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޖިންސީ ފުރައްސާރައާއި، އަންހެނުންނާ ދެކޮޅަށް ހިންގޭ އެކިއެކި ޖަރީމާގެ ޢަދަދު އިތުރުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފެންމަތިވެ ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓަށް ގެންދިއުމުން 5 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ދުންޔާ ވިދާޅުވީ، ޖިންސީ ފުރައްސާރައާއި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާ ދިވެހިރާއްޖޭގައި މިހާ ގިނަ ވުމުގެ އެއް ސަބަބަކީ، ކުށް ކުރާ މީހުންނަށް ހައްޤު އަދަބު ނުލިބުން ކަމަށެވެ. އަދި ފެންނަމުންދަނީ މައްސަލަތައް އޮއްބާލައި ނިޒާމުގެ ތެރެއިން އެފަދަ ޖަރީމާތައް ހިންގާ މީހުން ސަލާމަތް ވާ މަންޒަރުކަމަށް ދުންޔާ ވިދާޅުވިއެވެ.
"ކޮބާތޯ މިދިޔަ މަހު ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރިކަމަށް ތުހުމަތުވި 4 މީހުން؟" ދުންޔާ ސުވާލު އުފައްދަވާފައިވެއެވެ.
ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ޚާއްޞަ އިސްކަމެއް ދީގެން ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާ މައްސަލަތަކެއް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ކަމާބެހޭ ބައެއް އިދާރާތަކުން ފަހަތުފަޔަށް ބަރުވާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެވެއެވެ.
އެގޮތުން މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައަކާއި ގުޅިގެން ޖިންސީ ކުށުގެ ދަޢުވާ އުފުލައި މަޤާމުން ވަކިކުރި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ. އަދި އޭނާ އުޅޭ ވަކިތަނެއް ނޭނގޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި ދާދިފަހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާޓީ، އެމްއާރްއެމްގެ އަހްމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ތުހުމަތުވި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަވެސް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ފުލުހުން މިހާރު ވަނީ ފައިލްކޮށްފައެވެ.

ޖިންސީ ފުރައްސާރައާއި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާ ދިވެހިރާއްޖޭގައި މިހާ ގިނަ ވުމުގެ އެއް ސަބަބަކީ، ކުށް ކުރާ މީހުންނަށް ހައްޤު އަދަބު ނުލިބުން. މައްސަލަތައް އޮށްބާލުން! ކޮބާތޯ މިދިޔަ މަހު ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރިކަމަށް ތުހުމަތުވި 4 މީހުން؟
— Dunya Maumoon (@dunyamaumoon) April 19, 2021
ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ޚާއްޞަ އިސްކަމެއް ދީގެން ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާ މައްސަލަތަކެއް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ކަމާބެހޭ ބައެއް އިދާރާތަކުން ފަހަތުފަޔަށް ބަރުވާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެވެއެވެ.
އެގޮތުން މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައަކާއި ގުޅިގެން ޖިންސީ ކުށުގެ ދަޢުވާ އުފުލައި މަޤާމުން ވަކިކުރި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ. އަދި އޭނާ އުޅޭ ވަކިތަނެއް ނޭނގޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި ދާދިފަހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާޓީ، އެމްއާރްއެމްގެ އަހްމަދު ފަޒީލް (އޮއްޕޮ) ގެ މައްޗަށް ތުހުމަތުވި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަވެސް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ފުލުހުން މިހާރު ވަނީ ފައިލްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު