ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅުމުގެ ހުއްދަ ދީފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މަސް ދޯނި ފަހަރުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދިނީ މަސް ދޯނިތަކުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ލިބުމުގެ ދަތިކަމުގެ ކަންބޮޑުވުން އޮޑިވެރިން ފާޅުކުރަމުންދާތީކަމަށެވެ. އަދި މިހުއްދަ ދިނީ މަސްވެރިކަމުގައި އުޅުން މަނާކޮށް، އެހެނިހެން މަސައްކަތް ކުރެވޭ ގޮތަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ގަވާއިދާ ހިލާފަށް މަސް ދޯނިތަކުގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިއީ ގަވާއިދުގެ ތެރެއިން ބިދޭސީންގެ ގެންގުޅުމަށް އަދި މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށްޓަކައި ދޭން ނިންމި ހުއްދައެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ދިން ހުއްދައިގެ ދަށުން ވޯކްޕާމިޓެއްގެ ދަށުން މަސް ދޯންޏެއްގައި ގެންގުޅެވޭނީ 2 ބިދޭސީ މީހުންނެވެ. އަދި އެމީހުންނަށް ހުއްދަ ދޭނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން