އަހުމަދު ޝާހް   20 އޭޕްރީލު 2021 - 16:51
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 71 އަށް އަރައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކ. ދިއްފުށިން ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް ގެނައި އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. ކ. ދިއްފުއްޓަކީ ކޯވިޑް-19 އާ ގުޅިގެން މިހާރުވެސް މޮނިޓަރިންގައި އޮތް ރަށެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ މީހަކު ރޭ 11:25 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއާއެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 71 އަށް އަރާފައެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައިވަނީ 64 ދިވެހިންނާއި، 7 ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން 26505 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑްގެ ދިފާޢީ ވެކްސިން ކެމްޕޭނަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު ބަލިޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު މަދުވެފައި ވީނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަކަށް އަދި ނުބެލެވެއެވެ. މީގެއިތުރުން މިހާރު ދެމުންދާ ލުއިތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ލަފާކުރެވިފައިވާއިރު އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން