ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން ގައުމީ މަސްލަހަތު އިސްކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު މިކަމަށް ގޮވާލެއްވީ ރާއްޖޭގެ މިހާރު އުފެދިގެން އުޅޭ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ބަހުސާއި ގުޅޭގޮތުން ކޮންމެވެސް ސިފައެއްގައި އޭނާގެ ވިސްނުން ހިއްސާކޮށްކެވުމުގެ ގޮތުން ކަމަށް ލަފާކުރެވެއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބޮޑެތި މައްސަލަތައް އެބަހުރިކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެކަމުގައި ސިޔާސަތު ކަނޑައަޅާ ބޭފުޅުންގެ ހާއްސަ މަސައްކަތްތަކެއް ބޭނުންފުޅުވާކަމަށެވެ.





ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގައި އަދާލަތު ޕާޓީން ތާއީދުކޮށްފައިވަނީ ރިޔާސީ ނިޒާމަށެވެ. ނަމަވެސް އޭރު އަދާލަތުގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި މިއަދު ތިއްބެވި ބޭފުޅުންގެ ވިސްނުމާއި ފިކުރާއި ޚިޔާލާތު ވަރަށް ބޮޑަށް ތަފާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން