މާލެ އަތޮޅު މާފުށި
މާލެ އަތޮޅު މާފުށި
ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މާލެ އަތޮޅު ގުޅިއާއި މާފުއްޓަށް މީހުން އަރައި ފޭބުން އެޗްޕީއޭ އިން މަނާ ކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއަކާއި ގުޅިގެން ގުޅި އާއި މާފުއްޓަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. ގުޅިން ޕޮޒިޓިވްވީ މާބަނޑު މީހެކެވެ. އަދި މާފުށިން ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައް ހުރުމުން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

އެ ދެރަށުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. މިހާރުވެސް މާލެ އަތޮޅުގެ ހުރާ އާއި ދިއްފުށި އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިވަގުތު 19 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން