ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ހުށަހެޅި ހުށަހެޅުމަށް މަޖިލީހުން ގޮތެއް ނުނިންމުމުން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ މިއަދަކީ މަޖިލީޙުގެ ތާރީހުގައި ކަޅު ދުވަހެއްކަމަށެވެ. ޝަރީފް ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް އެއް އަހަރު ދުވަހަށް ރައްޔިތުންގެ މުސާރައާއި އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ މާއްދާއަކަށް އަމަލުކުރުން މަޑުޖައްސާލުމަށް މިއަދު ހުށަހެޅިކަމަށެވެ. އަދި އެމައްސަލަ ހުށަހެޅުމުން އެންމެ ކުޑަމިނުން މާލިއްޔަތު ކޮމިޓީއަށް ގެންގޮސް ނޫނީ، މަޖިލީހުގެ ތަޅުމުން ވޯޓަށް އަހައިގެން ގޮތެއް ނިންމަންވާނޭކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުން އެ މައްސަލައާމެދު ވަކި ގޮތެއް ނުނިންމަވާކަމަށާއި، އެކަމުގެ ސަބަބުން ސަރުކާރު ލޮކްޑައުންއަކަށް ހިނގައިދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



ފައިސާ ޗާޕުކުރުމާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނުނޫގެ ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް މަޖިލީހުން މިދިޔަ އަހަރު ނިންމާފައި އޮތް އެއް އަހަރު ދުވަހުގެ މުއްދަތު، މި މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެއެވެ. ސަރުކާރަށް ދީފައިވާ އެ ހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ސަރުކާރުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމަން ހުށަހެޅުމުން މިއަދު ވަނީ އެމައްސަލައިގައި ގޮތެއް ނުނިންމާ މަޖިލީހުން ބޭރުކޮށްލާފައެވެ.

މިމައްސަލަ ބޭރުވީ ހާއްސަ ކޮމިޓީއެއް ނަގައިގެން އެ މައްސަލަ ދިރާސާކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްނުވުމުންނެވެ.

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ހުށަހެޅުމާމެދު މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މަޖިލީހުން ވަކި ގޮތެއް ނިންމެވުމަށްފަހު ޖަވާބެއް ދޭންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން