ޒަހީނުއްދީން ސަޢީދު   21 އޭޕްރީލު 2021 - 4:7
ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާއަށް ޚިދުމަތް ކޮށްދެއްވާފައިވާ އަދި ރާއްޖޭގެ އެންމެ ޒަމާންވީ ބުއިން، "ޑޮންޑޮން"ގެ ބާނީ ލޯޖެހި އަހްމަދު މަނިކު އަވަހާރަވެއްޖެ އެވެ.

އަހްމަދު މަނިކު އަވަހާރަވީ ސިއްހީ ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ރައީސް އިބްރާހިމް ނާސިރު، "ބީޗްވިލާ" ހިންގަވަން ފެއްޓެވި ދުވަސްވަރު އެތަނުން ތައާރަފުކުރި ފިނިބުއިން 'ޑޮންޑޮން' ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ ލޯޖެހި އަހުމަދު މަނިކެވެ.

އަދި 1982 ވަނަ އަހަރު އޭނާގެ އަމިއްލަ ފޯމިއުލާއެއް ބޭނުންކުރައްވައިގެން، މި ބުއިންތައް އުފައްދަވަން އޭނާ ވަނީ ފައްޓަވާފައެވެ. މިހާރު ތަފާތު ހަ ރަހައެއްގައި އުފައްދައި 'ތުރީ ޗޮއިސް'ގެ ނަމުގައި މަޝްހޫރުވެފައިވާ ފިނިބުއިންތައް ތައްޔާރުކުރުމުގެ މަސައްކަތް، އޭނާ ފައްޓަވާފައިވަނީ 1989 ވަނަ އަހަރުގައެވެ.



އަހްމަދު މަނިކަށް ވަނީ 1997 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2009 ވަނަ އަހަރު އޭނާއަށް ޝަރަފުވެރިކަމުގެ އިނާމު ވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

ވިޔަފާރީގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ ތާރީޚްގައި އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަހްމަދު މަނިކު އިސް ދައުރެއް އަދާކުރައްވައިފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން