ކޮންމެ ދުވަހެއް ފެށި ނިމެނީ، ދިވެހި ސިފައިން ފަޚުރުވެރި ޚިދުމަތުގައި ދެމިތިބެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ދިވެހި ސިފައިންނަށް، ފޮނުއްވި މެސެޖުގައެވެ.

ރައީސް ޞާލިޙު ކުރެއްވި ޓްވީޓުގަައި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިނިސްޓަރ އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނަށް ވަނީ ފޮނުއްވާފައެވެ.



ރައީސްގެ ޓްވީޓުގައި ދިވެހި ސިފައިންގެ ފަޚުރުވެރި ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށި ނިމެނީ ޤައުމުގެ ޙައްޤުގައި ކުރާން އޮތް މަސައްކަތުގައި ދެމިތިބެކަން ފާހަގަކުރައްވާފައިވެއެވެ.

ދިވެހި ސިފައިން އުފެދިފައިވަނީ މީލާދީން 1892 އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން