އިތުރަށް ފައިސާ ޗާޕްކުރަން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދިފައިވާ މައްސަލަ މަޖިލީހުގެ ހާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށްް އަލުން މިމައްސަލަ އެޖެންޑާކޮށް، ޚާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސްކުރިއިރު، އިއްޔެގެ ޖަލްސާގައި ވަނީ މިމައްސަލަ ބޭރުކޮށްލާފައެވެ.

މިމައްސަލައަކީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހޯމަދުވަހު މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑް އެއްއަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށްް މަޖިލީހުން މިދިޔައަހަރު ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމުގެ މައްސަލައެވެ. ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސުން އެދުނީ އަންނަ ހޯމަ ދުވަހު އެ ހުއްދައިގެ އެއް އަހަރު ހަމަވާތީ އެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލަ ދިރާސާކުރުމަށް 9 މެމްބަރުންގެ ހާއްސަ ކޮމިޓީއަކަށް ފޮނުވުމަށް އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުން ވަނީ 51 މެމްބަރުންގެ އިއްތިފާގުން ފާސްވެފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ މުހިއްމު މައްސަލައެއްކަމަށްވާތީ، ވީހާވެސް އަވަހަށް މިމައްސަލަ ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެނަމަ މާދަމާ ޖަލްސާއެއް ބާއްވައިގެން ވެސް މިމައްސަލައަށް ވޯޓަށް އެހިދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފައިސާ ޗާޕުކުރުމާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނުނޫގެ ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް މަޖިލީހުން މިދިޔަ އަހަރު ނިންމާފައި އޮތް އެއްއަހަރު ދުވަހުގެ މުއްދަތު، މި މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެއެވެ. ސަރުކާރަށް ދީފައިވާ އެހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ސަރުކާރުން ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމަން ހުށަހެޅުމުން މިއަދު ވަނީ އެމައްސަލައިގައި ގޮތެއް ނުނިންމާ މަޖިލީހުން ބޭރުކޮށްލާފައެވެ.

މިމައްސަލަ ބޭރުވީ ހާއްސަ ކޮމިޓީއެއް ނަގައިގެން އެ މައްސަލަ ދިރާސާކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްނުވުމުންނެވެ.

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ހުށަހެޅުމާމެދު މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން މަޖިލީހުން ވަކި ގޮތެއް ނިންމެވުމަށްފަހު ޖަވާބެއް ދޭންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން