ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ގުރުއަތުލުން އަންނަހަފުތާގައި އަލުން ފަށަން ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ޓީވީއިން ލައިވްކޮށް ދައްކާގޮތަށް ކުރިއަށް ގެންދާ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ނެގީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރި އެޗް 10 ކެޓަގަރީގެ ގުރުއަތުލުމެވެ. އޭގެފަހުން ގުުރުއަތުލުން ބާއްވާފައެއް ނުވެއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން މެދުކެނޑުނީ ފައިނަލް ލިސްޓެއް ނުލިބިގެން ކަމަށާއި އިއްޔެ ފައިނަލް ލިސްޓް ލިބުމާއެކު އަންނަ ހަފުތާގައި ގުރުއަތުލާން ފަށަން ނިންމާފައިވާ ކަމަށެވެ. ޓީވީ މެދުވެރިކޮށް ގުރުއަތު ނަގާއިރު އެ މީހަކަށް ފްލެޓް ލިބޭ ފްލޯ އާއި ޓަވަރު އެނގޭ ގޮތަށް ދައްކައެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ފްލެޓްގެ ވެރި ފަރާތަށް އެ މައުލޫމާތުދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ މަހު ކުއްޔަކީ 7،500 ރުފިޔާކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ހިޔާ ހައުސިންގ ޔުނިޓްތަކަށް ފައިސާ ދެއްކުމުގައި 2 ގޮތެއް އިޚްތިޔާރުކުރެވިދާނެކަމަށެވެ. އެގޮތުން ފައި.ސާ ދެއްކޭ އެއްގޮތަކީ ޑައުންޕޭމަންޓާ ނުލައި ދިގުމުއްދަތަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދެއްކުންކަމަށެވެ. ދެވަނަ ގޮތަކީ ފްލެޓަށް ވަންނައިރު ދައްކަންޖެގޭ ޑައުން ޕޭމަންޓް ފައިސާ ދައްކާފައި، މަހުން މަހަށް ދައްކަންޖެހޭ ކުލީގެ އަގު ކުޑަކޮށް ދެއްކުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަޝްރޫޢުގެ ލޯނަށް ޚަރަދުކުރާ ފައިސާއާއި ޢަމަލީ މަސައްކަތަށް ޚަރަދުކުރާ ފައިސާގެ ޢަދަދަށް ބަލާއިރު ފްލެޓް ލިބޭ މީހާ ދައްކަންޖެހޭ އަގަގީ ވަރަށްކުޑަ އަގެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާކަމަށެވެ. މިކަމުގެ ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއަށް ބާރުބޮޑުވިނަމަވެސް، ސަރުކާރުން މަސައްކަތް ކުރަނީ ފްލެޓް ލިބުނު މީހުންނަށް ލުއިކޮށްދިނުމަށްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން