ޕޮލިސް ބޯޑުގެ ރައީސްކަމާއި ނާއިބު ރައީސްކަމަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލައްވާފައިވާ ޕޮލިސް ބޯޑުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މއ. މަނާގެ ޢަލީ ފާއިޒެވެ. އަދި އެ ބޯޑުގެ ނާއިބް ރައީސްކަމަށް އިންތިޚާބު ކޮށްފައިވަނީ މ. ހަޒާރީވިލާ، އަޙްމަދު ފަޔާޟް ޙަސަންއެވެ. މި ދެ ބޭފުޅުންނަކީވެސް ކުރިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މަޤާމުތައް އަދާކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން "ޕޮލިސް ބޯޑު" އެކުލަވާލާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. މިބޯޑަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.



ޕޮލިސް ބޯޑުގައި ފާއިޒާއި ފަޔާޒްގެ އިތުރުން ދެން ތިއްބަވަނީ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ، އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން، އާދަމް އިބްރާހީމް، ގ.ޑިމްލައިޓް، ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ އަދި ޞަފާ ޝަރީފް، ދެތަޑިމާގެ ސ.ހުޅުދޫއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

އައު ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާމެދު ގޮތެއް ނިންމަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން