ކުވައިތުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙް އާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުމާއި ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ކުވައިތުގެ ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.



މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި، އެގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކުގައި، ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައިކޮށް، އިޖްތިމާޢި އަދި ހިންގުމުގެ ދާއިރާ ހަރުދާއިރާތައް ހަރުދަނާކުރުމަށް އެކަށައަޅާފައިވާ ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާއި ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދު ވަނީ ކުވައިތުގެ ޚާރިޖީ ވަޒީރަށް އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން